މޫސުން ގޯސް، ބޮޑުބަޔަކަށް އެލާޓް ނެރެފި

ރައްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑުސިޓީއާއި ހަމައަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 01:15 އިން ރޭގަނޑު 07:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނުވެސް ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ