މޮޓޯ އެކްސް މޯލްޑިވްސްއިން ރާއްޖޭގެ މާހައުލާ ގުޅޭ ސީއެފް މޮޓޯ 150 އެސްސީ މޮޑެލްގެ ސައިކަލު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ސީއެފް މޮޓޯ އަކީ ޑިޒައިން ރީތި، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޕާފޮމެންސް މަތި ސައިކަލް އުފައްދާ ބައިނަލްއަގްވާމީ ބްރޭންޑެކެވެ.
މޮޓޯ އެކްސް މޯލްޑިވްސްއިން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ސީއެފް މޮޓޯގެ 150 އެސްސީ މޮޑެލް އެވެ. މިއީ ރާއްޖޭގެ މާހައުލާ ގުޅޭ، މާލޭގެ އިތުރުން ރަށްރަށުގައި ވެސް ބޭނުންކުރަން އެކަށީގެންވާ މޮޑެލް އެކެވެ. އެގޮތުން:
150 ސީސީ އިންޖީނެއް، އެކްސެލެރޭޝަން މަތި، ތެޔޮ ހަރަދު ކުޑަ އިންޖީނެއް
މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވަން ފަސޭހަ
އެންމެ ފަހުގެ ޑިޖިޓަލް އިންސްޓްރުމެންޓޭޝަނާއި އެލްއީޑީ ލައިޓު
ބޭނުންކުރަން ވީހާ ވެސް ފަސޭހަ އަދި ރައްކާތެރި ޑިޒައިނެއް
ސީއެފް މޮޓޯގެ އެންމެ މުހިންމު ސިފަތަކުގެ ތެރޭގައި ދިގު މުއްދަތަކަށް ބޭނުންކުރެވުމާއި މެއިންޓަނެންސް ފަސޭހަވުން ހިމެނެ އެވެ.
މޮޓޯ އެކްސް މޯލްޑިވްސްއިން ބުނާ ގޮތުގައި ސީއެފް މޮޓޯ 150 އެސްސީގެ ސްޓޮކް އެ ކުންފުނީގައި މިހާރު ވެސް އެބަހުއްޓެވެ. އެހެންކަމުން މި ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ވަގުތުން ގަނެވޭނެ އެވެ.
މީގެ އިތުރުން އާފްޓަ ސޭލްސް ސާވިސް ހިދުމަތް ދިނުމަށްޓަކައި މޮޓޯ އެކްސްއިން ބަލައިގަންނަ، އެ ބްރޭންޑުގެ އޮތޮރައިޒްޑް ސާވިސް ސެންޓަރުތައް ގާއިމްކޮށް، ސީއެފް މޮޓޯގެ ޖެނުއިން ސްޕެއާ ޕާޓްސް ވެސް ރާއްޖެއިން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް މޮޓޯ އެކްސްއިން ބުނެ އެވެ.
މޮޓޯ އެކްސްގެ ޝޯރޫމެއް ވެސް ވަރަށް އަވަހަށް ހުޅުވަން ވަނީ ރާވާފަ އެވެ.
ސީއެފް މޮޓޯ 150 އެސްސީ ގަތުމަށް:
7205252 ގުޅުއްވާ
އިތުރު މައުލޫމާތާއި ސައިކަލުގެ ފޮޓޯ އާއި ވީޑިއޯ މޮޓޯ އެކްސްގެ އިންސްޓަގްރާމް އަދި ވެބްސައިޓުން ބަލައިލެވޭނެ އެވެ.
ސީއެފް މޮޓޯ 150 އެސްސީ: ވަގުތުން ގަނެވޭނެ ބަލައިލަން ރީތި، ދުއްވާލަން އަރާމު ސައިކަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ