ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް، ހަދީޖާ ހުސެއިން ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށް ތައުލީމީ ވުޒާރާއިން ނެެރުނު ތައުޒިޔާގެ މެސެޖުގައިވަނީ ހަދީޖާގެ ތައުލީމީ ހިދުމަތްތައް ފާހަގަކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލްކަމުގެ އިތުރުން ހަދީޖާވަނީ އެ ސުކޫލުގެ މުދައްރިސްކަމާއި ލީޑިންޓީ ޗަރުކަމުގެ މަގާމު އަދާކުރައްވާފައެވެ.
ތައުލީމީ ވުޒާރާއިން ވަނީ ހަދީޖާއަކީ ދަރިވަރުންނާއި ބެލެނިވެރިންނާއި އެކުގައި މަސައްކަތްކުރެއްވި އަދި އެބޭފުޅުންގެ ލޯތްބާއި އިހުތިރާމް ހޯއްދެވި ބޭފުޅެއްކަން ފާހަގަކޮށްފައެވެ.
އަދި ހަދީޖާ ހުސެއިން ނިޔާވުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ފުން ހިތާމައެއްކަމުގައި ތައުލީމީ ވުޒާރާއިން ހާމަކުރެއެވެ.
އެނގިފައިވާ ގޮތުގައި ހަދީޖާ ހުސެއިން ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދުމަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުއެވެ.
މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ އިތުރުން ހަދީޖާ ހުސެއިން ވަނީ އަމީރު އަހްމަދު ޕްރީ ސްކޫލަށް ވެސް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައެވެ.
މުހައްމަދު ގާސިމް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ