ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭއިރު މާލެ ސަރަހައްދުން އަމިއްލަ ނަމުގައި އޮތް 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯތި ދޭން ނިންމައި، މިހާރު ވަނީ ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެކަމާ ބެހޭގޮތުން ޕްލޭނިން މިނިސްޓްރީން އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން ފްލެޓް ލިބޭ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭނެ އެވެ.
ނަމަވެސް އެގޮތަށް ދޫކޮށްލާ ބިމުގެ ބޮޑުމިން 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެ ބިމުގެ އަގު ފްލެޓް އަގުން އުނި ކުރެވޭނެ ކަމަށާއި އެ ހާލަތުގައި ބިން އަގުކުރާނީ އަކަފޫޓަކަށް 3،500ރ. ރޭޓުން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
މި ފިޔަވަހީގައި ހުޅުމާލެއިން 8،000 އަށް ވުރެ ގިނަ ފްލެޓާއި 4،500 އަށް ވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަހުކޮޅާ ހަމައަށް އޮންނާނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ސަރަހައްދުން ވަނީ ބިން ދޫކޮށްފަ އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
މާލެ ސަރަހައްދުން އެމީހެއްގެ ނަމުގައި އޮންނަ ގޯތި ދޫކޮށްލާނަމަ ހިލޭ ފްލެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ