މިނިސްޓަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫން މީހުން ބަދަލު ކުރުމުގެ މައްސަލަ އަވަސް ކޮށްދިނުމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެދިވަޑައިގެންފައިވާ ކަމަށެވެ.
ހދ. ހިރިމަރަދޫގައި ދިރިއުޅޭ ރައްޔިތުން، އެހެން ރަށަކަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ހިރިމަރަދޫ ކައުންސިލުން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައި އެ ހުށަހެޅުން ހުށަހަޅާފަ އެވެ. ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށް ވެސް ކައުންސިލުން މިނިސްޓަރުގެ އަރިހުގައި ދަންނަވާފައިވެ އެވެ.މިނިސްޓަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫން މީހުން ބަދަލު ކުރުމުގެ މައްސަލަ އަވަސް ކޮށްދިނުމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެދިވަޑައިގެންފައިވާ ކަމަށެވެ.އޭގެ އިތުރުން އެރަށުގެ ނެރު ތިލަވުމުގެ ސަބަބުން ގިނަ ތަކުލީފުތަކެއް ރައްޔިތުންނަށް ކުރިމަތިވަމުންދާ ކަން ވެސް ލޯގަލް ގަވަމެންޓް މިނިސްޓްރީގެ ސަމާލުކަމަށް ކައުންސިލްގެ ރައީސް ގެނެސްދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނެރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.އެރަށުން މީހުން ބަދަލުކުރުމާމެދު މިނިސްޓްރީން ވަކި ގޮތެއް ނިންމާފައިވާ ކަމެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.ހިރިމަރަދޫގެ ރަޖިސްޓްރީގައި އޮތީ 584 މީހުންނެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި، އެރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންނަކީ 260 މީހުންނެވެ. މިއީ ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށެވެ.އެރަށު ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން ހާމަކުރުމާއެކު، ތުލުސްދޫއިން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުން އަވަސް ކޮށްދޭން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ