އާރުޑީސީގެ މައްސަލަ ބެލި ވަރަކަށް ފެންނާނީ ރައީސް ސޯލިހްގެ ސަރުކާރުގެ އަމާނާތްތެރިކަން: މޫކޭ

އާރުޑީސީގެ މައްސަލަ ބެލި ވަރަކަށް ފެންނާނީ ރައީސް ސޯލިހްގެ ސަރުކާރުގެ އަމާނާތްތެރިކަން ކަމަށް އާރޫޑީސީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ ޓްވިޓަރ ގައި ކުރެއްވި ޓްވީޓްގައި ވަނީ “މަޖާ ކަމަކީ RDC ހިންގުމާ ޙަވާލުވެ ހުރީ އަޅުގަނޑު. RDC ގެ ޚިޔާނާތޭ ކިޔައިގެން ކައްޒާބުތައް ވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް. ވެރިކަމާ ޙަވާލުވެ ހުރިހާ ބާރެއް ލިބުނުތާ ހަތަރު މަސް. އަދި ސުވާލެއް ކޮށްނުލާ. RDC ގެ މައްސަލަ ބެލިވަރަކަށް ފެންނާނީ އެސަރުކާރުގެ ވެރިންގެ އަމާނާތްތެރިކަން.” މިހެންނެވެ.
އާންމުންވެސް ދަނީ އާރުޑީސީ އާއި ހަވާލުވެގެން ހުރީ ފައްޔާޒުތޯ އަހައި ސުވާލު ކުރަމުންނެވެ.
ސަރުކާރުން ސިޔާސީ ދައުވާ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ކުރުމަށް، ފުލުހުންގެ މުއައްސަސާ ސިޔާސީކޮށްގެން ކުރަމުންދާ މަސައްކަތަކީ، މަޖިލީސް އިންތިހާބުން މުއިއްޒު ބަލިވެ، އިމްޕީޗްމެންޓަކަށް ގޮސް ވެރިކަން ވެއްޓިދާނެ ކަމަށް ކުރަމުންދާ އަނިޔާވެރި މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ