އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި

އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރުމާ ދެކޮޅަށް ހުށަހެޅި ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ ދަށުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި އޮއްވާ  ހައި ކޯޓުން މި އަހަރު އެ މާއްދާ ބާތިލްކުރީ ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނެ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
އާންމު ގާނޫނުތަކަކީ 1968 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ގާނޫނެކެވެ. އެ ގާނޫނު އިސްލާހު ކުރުމުގެ ފުރުސަތަކަށް ދައުލަތުން އެދުނެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ގާނޫނު އަސާސީއާ ހިލާފްވާ ގާނޫނުތައް އިސްލާހުކުރަން 15 އަހަރުގެ މުއްދަތެއް ދައުލަތަށް ލިބުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ