އެމްޑީޕީން ކެނޑިގެން ލޯޔަރު އާސިފް ޔާމީން ޕާޓީއަށް

ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރީން ހިމެނުނަސް ފަހުން ވަކީލުންގެ ޓީމުގައި އާސިފް ހިމެނިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އާސިފް ގެންދެވީ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި އާދަމް އާސިފް، އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވައިފި އެވެ.
މީގެ ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި އާސިފް އެ ޕާޓީން ވަކިވެގެން އެމްޑީޕީއާ ގުޅުނީ ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގަ އެވެ. އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ އިންތިހާބަށް ދެ ދުވަހަށް ވެފައި އޮއްވަ އެވެ.އެމްޑީޕީން ވަކި ވުމަށްފަހު އާސިފް ރޭ ވަނީ ޕީއެންއެފްއަށް ސޮއި ކޮށްފަ އެވެ. އޭނާ ރޭ ވަނީ ކުރީން ޕީޕީއެމް އަދި މިހާރު ޕީއެންއެފް ހިންގާ އޮފީހުގައި ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.ޔާމީންގެ ވަކީލުންގެ ޓީމުގައި ކުރީން ހިމެނުނަސް ފަހުން ވަކީލުންގެ ޓީމުގައި އާސިފް ހިމެނިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އާސިފް ގެންދެވީ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. 
ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ދުވަހު ވެސް ރައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. މީގެ ކުރިން ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި ހަރަކާތްތަކުގައި އިސްކޮށް އަޑު އުފުއްލެވުމުގައި މަސައްކަތް ކުރެއްވި އެވެ.ނަމަވެސް ކުއްލިއަކަށް ޕީޕީއެމްއިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ