މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން ފެށިގެން 17:30 އަށް ހއ.އަަތޮޅުން ފެށިގެން ތ.އަތޮޅުގެ ސަރަހައްދުތަކަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 03 ދުވަހުގައި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންނާއި، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ