ކޮވިޑް-19: ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕުރެޑެއް އުޅެދޭނެކަމަށް ލަފާކުރެވޭތީ މާދަމާ ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި އެވެ.
ހުކުރުދުވަހު ހަވީރު ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރަކީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ރެޑްކްރެސެންޓް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމި ހަވީރެކެވެ.
އެކަމަކު ކުޅުދުއްފުށީގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، ކޮމިއުނިޓީ ސްޕުރެޑެއްގެ ބިރު އޮތުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޑަކުދިން ހަވީރު ވަނީ މިރޭގެ ވަގުތެއްގައި ކެންސަލްކޮށްފަ އެވެ. އެކަން ކޭއޯއަށް މޭޔަރު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ދުވަސްތަކަކަށްފަހު ކޮވިޑް-19 ގެ ކޭހެއް ކުޅުދުއްފުށިން ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މިއަދާ ހަމައަށް ޖުމްލަ 11 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރޭގައި 9 އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއްވެސް ހިމެނެ އެވެ.
ކޭއާރުއެޗުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް ހަތަރު ކްލަަސްޓާއެއް ފާހަގަވެފައިވާއިރު ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވުމުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްލޮށްފަ އެވެ. ކުޅުދުއްފުށީގެ އިތުރު ހދ ގެ އިތުރު ހަތަރު ރަށެއްގައި ކޮވިޑް ބަލީގެ މީހުން ވަނީ ފެނިފަ އެވެ.
ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ހަނިމާދޫ މޮނިޓަރިންގއަށް ލާފައިވާއިރު ނައިވާދޫ، ނޮޅިވަރަންފަރު އަދި ކުރިނބީންވެސް ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ