ފެހެންދޫއާ ގޮއިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބ. ފެހެންދޫއާ ގޮއިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އެ ދެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ވަނީ ބ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ ދެ ރަށަށް މިއަދު ވަޑައިގެންފަ އެވެ.
އެ ދެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ފަހު ރައީސް ވަނީ އެ ދެ ރަށުގައި ބީއެމްއެލް އިން ގާއިމުކޮށްފައިވާ އޭޓީއެމް ހުޅުވައި ދެއްވާ އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކޮށް ދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އޭޓީއެމް އިން ފައިސާ ނަންގަވާފަ އެވެ.
މި އަަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ