ފުވައްމުލަކުގައި ބާއްވާ އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ

އެޑްވެންޗާ އަޕްއިން އިންތިޒާމްކޮށްގެން ފުވައްމުލަކު ސިޓީގައި ބާއްވާ 'އައިލެންޑް ކާނިވަލް'ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު)އެވެ. އެޑްވެންޗާ އަޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓާ ޝާމް ނަސީރެވެ. މި ކާނިވަލް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. ކާނިވަލާ ބެހޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން އެޑްވެންޗާ އަޕްގެ އެމްޑީ ޝާމް ވިދާޅުވީ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ހުރިހާ ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންނަށް މުނިފޫހިފިލުވާލުމަށްޓަކައި އާންމުކޮށް ތަޖުރިބާކޮށްލަން ނުލިބޭ ކަންތައްތަކެއް އެ ރަށްތަކުގައި ތައާރަފުކުރުން ކަމަށެވެ. ފުވައްމުލަކުގައި ބާއްވާ އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ސޮއިކުރުން: މި ކާނިވަލަކީ އެޑްވެންޗާ އަޕްއިން އިންތިޒާމްކޮށްގެން ބާއްވާ ކާނިވަލެއް -- ފޮޓޯ/ ސަން އެގޮތުން ބުލް ރައިޑިން، ވައިޕްއައުޓް، ރިފްލެކްސް ގޭމް، ލޭޒާ ޓެގް، ގްލެޑިއޭޓާ ޑުއެލް، 360 ވީޑިއޯ ބޫތު ފަދަ އާއްމުކޮށް ރަށްރަށުގައި ތަޖުރިބާކޮށްލަން ނުލިބޭ ކާނިވަލް އެތައް ގޭމެއް މި ފެއާގެ ތެރޭގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާމް ވިދާޅުވި ގޮތުގައި އަމާޒަކީ ކާނިވަލްގައި އެންޓަޓެއިންމަންޓް ގޭމްތަކުގެ އިތުރުން ފުޑް ސްޓޯލްތައް ބެހެއްޓުމެވެ. އެގޮތުން ވިޔަފާރިތަކަށް ވެސް ފުރުސަތުތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިވެރިވާން ކޮންމެ ބޭފުޅަކު ވެސް ފުވައްމުލަކުގެ ރަސްމީ ބޯޅަ ދަނޑުގައި މި ހަރަކާތް ކުރިއަށް ދާނީ. އެ ދުވަސްވަރު އެތަނަށް ވަޑައިގެން އަޅުގަނޑުމެން ގޭމްތަކުގައާއި، ފުޑް ސްޓޯލްތައް ތަޖުރިބާކޮށްލެވޭނެ. އަނެއްހެން އިޓްސް އޯޕަން ފޯ އެވްރިވަން! އެޑްވެންޗާ އަޕްގެ މެނޭޖިން ޑައިރެކްޓާ ޝާމް ނަސީރު ޝާމް ވިދާޅުވި ގޮތުގައި މި ކާނިވަލް އެންމެ ފުރަތަމަވެސް ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމީ ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެންމެ ގިނަ މަސައްކަތްކުރެވޭ އެއް ރަށުގެ ގޮތުގައި ފާހަގަކުރެވުމުންނެވެ. އާބާދީއަށް ބެލި ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ އޮތީ ފުވައްމުލަކު ސިޓީގައި ކަމަށާއި، ވަކިން ޚާއްސަކޮށް ސެޕްޓެމްބަރަކީ މަކީޓާގެ އެތްލެޓިކްސް މުބާރާތް ވެސް ކުރިއަށްދާ ދުވަސްކޮޅެއް ކަމުން އެ ދުވަސްކޮޅާ ދިމާކޮށް ރަށަށް ވަރަށް ގިނަ މީހުން ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލަކުގައި ބާއްވާ އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ސޮއިކުރުން: މި ކާނިވަލަކީ އެޑްވެންޗާ އަޕްއިން އިންތިޒާމްކޮށްގެން ބާއްވާ ކާނިވަލެއް -- ފޮޓޯ/ ސަން ޝާމް ވަނީ އެ މަސައްކަތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެ ކާނިވަލްގެ މީޑިއާ ކަވަރޭޖް ގެނެސްދިނުމަށް އެސްއެސް މީޑިއާ ޚިޔާރުކުރެއްވީ، އެސްއެސް މީޑީއާ ޓީމުގައި މިވަގުތު ތިއްބަވާ ބޭފުޅުންނަކީ ރާއްޖޭގައި މިފަދަ އިވެންޓެއް ކަވާކުރުމުގައި އެންމެ ތަޖުރިބާކާރު ޓީމުގެ ގޮތުގައި ފާހަގަކުރެވުމުން ކަމަށް ޝާމް ވިދާޅުވިއެވެ. އެހެންވީމަ އަޅުގަނޑުމެން މީޑިއާ ޓީމް ޗޫޒްކުރުމުގައި އިތުރު އެއްވެސް ބަޔަކަށް އެޕްރޯޗްނުކޮށް ހަމަ ފުރަތަމަ ވެސް އެސްއެސްމީޑިއާއަށް އައީ. އެ ޓްރަސްޓް އަޅުގަނޑުމެންގެ އެބައޮތް. މީތި [އާންމުންނަށް] ޑެލިވާކުރެވޭ ވަރުގެ ޓީމެއް އޮތީ އެސްއެސް މީޑިއާގައި، އެޑްވެންޗާ އަޕްގެ މެނޭޖިން ޑައިރެކްޓާ ޝާމް ނަސީރު ފުވައްމުލަކުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ މި ކާނިވަލަކީ އެކިކަހަލަ ކާނިވަލް އެންޓަޓެއިންމަންޓް ގޭމްތައް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ފުވައްމުލަކު ސިޓީގައި ކާނިވަލްގެ ފުރަތަމަ އިވެންޓު ބާއްވާއިރު، އެޑްވެންޗާ އަޕްގެ އަމާޒަކީ އެ ކާނިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ތާރީޚުތަކުގައި ބޭއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ