ގޮއިދޫއާ ފެހެންދޫގައި ފުލުހުންގެ ހިދުމަތް ފަށަނީ، ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ބ. ގޮއިދޫއާ ފެހެންދޫގައި ފުލުހުންގެ ހިދުމަތް ފަށަން އެ ދެ ރަށުގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ބިންގާ އަޅައިފި އެވެ.
އެ ދެ ރަށުގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ވަނީ މިއަދު ހަވީރު އެ ދެ ރަށަށް ވަޑައިގެންފަ އެވެ.
ގޮއިދޫ އާއި ފެހެންދޫގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ބޭއްވި ދެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
މި އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ