މުއިއްޒުގެ ދަތުރަށް ވ. އަތޮޅު ކައުންސިލުން ކުރި ހަރަދު ނުދޭ ކަމަށް ސޯޝަލް މީޑިއާގައި ޖެހުމުން ފައިސާ ޖަމާކޮށްދީފި މުއިއްޒުގެ ދަތުރަށް ވ. އަތޮޅު ކައުންސިލުން ކުރި ހަރަދު ނުދޭ ކަމަށް ސޯޝަލް މީޑިއާގައި ޖެހުމުން ފައިސާ ޖަމާކޮށްދީފި

ރައީސް މުހައްމަދު މުއިއްޒު ވ. ފެލިދޫ އަށް ކުރެއްވި ދަތުރުގެ ބައެއް އިންތިޒާމުތައް ހަމަޖައްސަން އަތޮޅު ކައުންސިލުން ކުރި ހަރަދު އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ނުލިބޭ ކަމަށް ސޯޝަލް މީޑިއާގައި ލިޔުމުން ސަރުކާރުން އެ ފައިސާ ޖަމާކޮށް ދީފި އެވެ.
މިދިޔަ އަހަރުގެ މާޗު މަހު މުއިއްޒު ފެލިދޫ އަށް ކުރެއްވި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް އޮފީހުން އެދިގެން އަތޮޅު ކައުންސިލުން ކުރި ހަރަދު އަނބުރާ ނުލިބޭ ވާހަކަ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އެކްސްގައި ލިޔުއްވީ މި މަހު 7 ގަ އެވެ.
އެ ޕޯސްޓުގައި އޭނާ ވިދާޅުވީ "މިހާރު މިއޮތީ [ރައީސް] ރަށް ރަށަށް ވަޑައިގެން ކައުންސިލު ހަރަދުގައި ހުރުމާއި ކެއުން ހަމަޖައްސަން ރައީސް އޮފީހުން އަންގާފައި، ފައިސާ ނުދައްކާ ޒަމާން" ކަމަށެވެ.
"ކައުންސިލަރުންނާ ބައްދަލުކުރަން ރައީސް މުއިއްޒު މިގޮތަށް [ކައުންސިލުން ކުރާ ހަރަދަށް ފައިސާ ނުދައްކާ] ރަށްރަށަށް ވަޑައިގަންނަން ކައުންސިލުތަކުން ބޭނުމެއް ނުވޭ."
ޝުޖާއު އަދަދު ނޫހަށް ވިދާޅުވީ ރައީސްގެ އެ ދަތުރަށް އަތޮޅު ކައުންސިލުން 134،000ރ. ހަރަދު ކުރި ކަމަށެވެ.
އެ ފައިސާ ނުލިބޭ ވާހަކަ ސޯޝަލް މީޑިއާގައި ލިޔުމުން، 17 މަސް ދުވަސް ފަހުން މިދިޔަ އާދީއްތަ ދުވަހު އެ ފައިސާ ޖަމާކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މާލީ ހާލަތު ދަށްވެ، އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް، އަދި ސަރުކާރުގެ އިދާރާތަކުގެ ކަރަންޓު ބިލްތައް ވެސް ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ