މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް އަނެއްކާ ވެސް ދެއްވައިފި
ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތައް ފަށައި، ނިންމޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަނެއްކާ ވެސް ދެއްވައިފިއެވެ. ބ. ފެހެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ، ރައްޔިތުން ގާތުގައި ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އިޚުލާސްތެރި ހެޔޮ ނިޔަތުގައި ކުރުމަށް އަޒުމު ކަނޑައަޅައިގެން ވެވަޑައިގަންނަވާ ވައުދުފުޅުތަކެއް ކަމަށެވެ. އެގޮތުން، މިހާރު ފެންނަނީ ރާއްޖޭގެ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ އެކުވެސް ތަރައްގީގެ މަޝްރޫއުތައް ފަށާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަސްތަކުގައި ހަމަ މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވަރަށް ގިނަ މަޝްރޫއުތައް ފެށޭނެ. އަދި ނިމުމުގެ މަރުހަލާއަށް ވެސް ދާނެ.ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ ސިޔާސަތަކީ އެންމެ ކުޑަ ރަށުގައި ވެސް ބޭންކިންއާއި ފުލުހުންގެ ޚިދުމަތްތައް ގާއިމުކޮށްދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ފެހެންދޫ ކައުންސިލާ ބައްދަލުކުރެއްވުން: ވިދާޅުވީ، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތައް ފެށޭނެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް މަޝްރޫއުތައް ކުރިއަށް ގެންދާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު، ރައީސް ވަނީ، ފެހެންދޫގެ ރައްޔިތުންނަށް ކޮށްދިނުމަށް ތައްޔާރުވެފައިވާ ކަންކަމާއި ކުރަން ރޭވިފައިވާ ކަންކަމުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ: ނުނިމި އޮތް ފެނާއި ނަރުދަމާގެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް، ތަކެތި ހޯދައި ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި މަޝްރޫއަށް ބޭނުންވާ މީހުން ފެހެންދޫއިން ނުލިބުމުން ބޭރު މީހުން ގެނެސްގެން ކުރިއަށް ގެންދަން އެމަނިކުފާނު ހުއްދަދީފައިވާކަން ފެހެންދޫ ސުކޫލުގައި ގްރޭޑް ހައަކުން ފެށިގެން މައްޗަށް ކިޔަވައިދޭނެ ޓީޗަރުން ހޯދައިދިނުމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން. ޓީޗަރުން ނެތްނަމަ، ތަމްރީނުކޮށްގެން ކިޔަވައިދޭން ތައްޔާރުކަން ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ބޭނުންވާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާކަން. މިއަހަރުގެ ތެރޭގައި އަމަލީ ގޮތުން، މަޝްރޫއު ފެށޭނެކަން ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފުޓުބޯޅަ ދަނޑެއް އަޅައިދިނުން މިހާރު އޮތް ފުޓުބޯޅަ ދަނޑުގެ ޕިޗު އާކޮށް، ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށައިދޭނެކަން ކުޑަކުދިންގެ ޕާކުގެ މަސައްކަތް މިއަހަރު ފެށޭނެކަން އަންނަ އަހަރުގެ ބަޖެޓުގެ މިސްކިތެއް އަޅައިދޭނެކަން ބަނދަރާއި ރަށް ގިރުމުގެ މައްސަލައަށް މިއަންނަ އަހަރު ހައްލެއް ގެނެސްދިނުން މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތައް ފެށޭނެކަމަށް ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގައި މަޝްރޫއުތައް ހުއްޓިފައި އޮންނަކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން ދަނިކޮންނެވެ. https://sun.mv/209594 ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މަޝްރޫއުތަކަށް ކުރާ ހޭދަ ވަނީ ވަރަށް ދަށްވެފައެވެ. އެގޮތުން، މަޝްރޫއުތަކަށް ކުރާ ހޭދަދަށްވެ، ދައުލަތުގެ ޚަރަދުތައް 17.4 އިންސައްތަ ދަށަށްގޮސްފައި ވާކަމަށް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ