މާޒިޔާ ބަލިކޮށް ކުވޭތުގެ އަލް އަރާބީ ގްރޫޕް ސްޓޭޖަށް
އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކުވެއިތުގެ އަލް އަރާބިން ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފިއެވެ. ގަލޮޅު ދަނޑުގައި މާޒިޔާ އާއި އަލް އަރާބި ވާދަކުރި މެޗު އަލް އަރާބިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމު މިދިޔަ އަހަރު ކުޅުނު މެޗު އަލް އަރާބީން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާ އާއި އަލް އަރާބީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ އަލް އަރާބިގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ތިންވަަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އަލް އަރާބީއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ނައިޖީރިއާ ކުޅުންތެރިޔާ އަނަޔޯ އިވުއާލާއެވެ. ފުލުފުލުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ އަލް އަރާބި ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި އަލް އަރާބިއަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑު ފެންޓޮއިން އެންގޯއީއެވެ. މާޒިޔާ އާއި އަލް އަރާބީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް އަލް އަރާބިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑު ކްރިސްޓޮފާ ޕޮވޭއީއެވެ. ހަތަރު ވަނަ ގޯލު މެޗުގެ 86 ވަަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހުސެއިން އަލް މޮހޮސިނެވެ. މިއީ، އޭއެފްސީގެ މުބާރާތެއްގެ ކޮލިފައިން ބުރުން މާޒިޔާ ކެޓި ފުރަތަަމަ ފަހަރެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ