ޗައިނާގެ ސްކޫލަކަށް މީހަކު ކަތިވަޅިއެއް ހިފައިގެން ވަދެ އަށް ދަރިވަރަކު ޒަހަމްކޮށްލައިފިއެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ ބުނީ އެގައުމުގެ މެދުތެރޭގައިވާ ހުބެއި ޕްރޮވިންސްގެ މެންޗެން ނަމަކަށް ކިޔާ ރަށުގައިވާ އެލެމެންޓްރީ ސްކޫލަކަށް ކަތިވަޅިއެއް ހިފައިގެން މީހަކު ވަދެ ހަމަލާ ދިނުމުގެ ސަބަބުން އަށް ކުދިން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއްކުއްޖެއްގެ ހާލަތު ވަރަށް ނާޒުކު ކަމަށެވެ.
ނޫހުގައިވާ ގޮތުން ވޫލިޑުން ނަމަކަށް ކިޔާ ސްކޫލަށް ކަތިވަޅި ހިފައިގެން ވަދެގަތް މީހާ ހުއްޓުވީ ސްކޫލްގެ ޓީޗަރުން ކަމަށް ޓީޗަރެއް ކަމަށްވާ ލީޖިއާން ބުންޏެވެ . އަދި އެއަށް ފަހު ފުލުހުންނަށް އެންގުމުން ފުލުހުން އައިސް އޭނާ ހައްޔަރު ކުރީ ކަމަށް ވެސް ނޫހުގައި ވެއެވެ.
އުމުރުން 35 އަހަރުގެ ޗެން ޒުއިހާން ނަކަމަކަށް ކިޔާ އެމީހާ ހައްޔަރުކުރުމަށް ފަހު އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗައިނާ ފުލުހުން މިއަދު ވަނީ ބުނެފައެވެ. ޗައިނާ ފުލުހުން އަދި ބުނެފައި ވަނީ އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ޑްރަގްބޭނުންކުރާ މީހަކު ޗައިނާގެ ސްކޫލް ކުދިންތަކަކަށް ކަތިވަޅިން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ