އުއްތަމަ ފަނޑިޔާރު ކަމަށް ޑރ.އަބްދުﷲ ދީދީ އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޑރ.ޑީޑީ އެމަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވުމުން މިއަދުގެ ޖަލްސާގައި މިހާރުވަނީ އެ ނަން ދިރާސާ ކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.
ޑީޑީގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ލަފާ ދީފައިވާ އަބްދުﷲ ދީދީއާއި އަބްދުލް ޣަނީ މުހައްމަދު ގެ ނަން ވެސް މިއަދުވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ދެ ނަން ވެސް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމުންނެވެ. ދައުލަތުން ދައުވާ ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުން އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ވެސް ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ