އިތުރު ފަރުވާއަށް މެމްބަރު ނިހާން ރާއްޖެއިން ބޭރަށް !

ރައްޔިތުންގެ
މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު އިތުރު ފަރުވާއަށް
އިންޑިއާއަށް ގެންދަވައިފިއެވެ.
މިދިޔަ
ހުކުރުދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ
ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދެވީ މިއަދު ހެނދުނުކަމަށް
ޕީ.ޕީ.އެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
ނިހާނަށް ވަނީ 2
ފަހަރުމަތިން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެއްވާފައެވެ. މިއަދު ޕީ.ޕީ.އެމް
އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަހަކަދައްކަވަމުން އެޕާޓީގެ
ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްއަށް އިތުރު ނާއިބު ރައީސަކު
ޢައްޔަން ކުރުމުގެ މަސައްކަތް ނިހާންގެ އާލާސްކަންފުޅާ ގުޅިގެން
މަޑުޖައްސާލާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ