އިލެކްޝަންސްގެ ނަމުގައި ގޭގެ އަށް ގޮސް މައުލޫމާތު ހޯދާ ކަމަށް އެ ކޮމިޝަނުން ބުނެފި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގޭގޭ އަށް ގޮސް މައުލޫމާތް ހޯދާ ކަމުގެ ޝަކުވާތަކެއް ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް އިލެކްޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް އިދާރީ މުއައްޒަފެއް މާލޭ ސިޓީގެ ގޭގެއަށް ގޮސް އެކަން ކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓަށް ރަޖިސްޓުރީ ކުރުމުގެ ގޮތުން މާލޭގައި ހިދުމަތްދެނީ ރިޔާސީ އިންތިހާބު 2013ގެ ރަޖިސްޓުްރޭޝަން މައި މަރުކަޒުންނާއި ރާޅުގަނޑު ސަރަހައްދުގައި ހުންނަ އެކޮމިޝަނުގެ ޓެންޓްގެ އިތުރުން ހުޅުމާލޭ ގާޒީ ސްކޫލްގެ ކޮމަން ރޫމް އާއި ވިލިމާލޭގައި ހުންނަ ރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނުދޭ މަރުކަޒުން އެކަނި ކަމަށް އެކޮމިޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ