ނަޝީދުގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފި
ކުރީގެ ރައިސް މުޙައްމަދު ނަސީދު ހުޅުމާލޭ ކޯޓުގެ ބެންޗާ ބެހޭ ގޮތުން ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ނިމެންދެން ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑު ޖައްސާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ. ހައި ކޯޓުން ނެރުނު އަމުރުގައިވަނީ އެ މައްސަލައިގައި ހައި ކޯޓުން ވަކިގޮތެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހޭ ކަމަށް ފެންނަ ކަމަށާ އެހެންކަމުން އެކަމުގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ނުވަތަ ވަކި އެއްޗެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދަން އަންގައި އަމުރުކުރާ ކަމަށެވެ. ހައި ކޯޓުން މިގޮތަށް އަމުރު ނެރުނުއިރު ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވެސް ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ