ޑރ.ޝަހީމަށް މައުމޫން ޝުކުރުއަދާ ކުރައްވައިފި

އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން އިއްޔެ އިސްތިއުފާދެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕޢެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި މައުމޫންް ވަނީ ޝަހީމް ގިނަ އަަހަރުތަކެއް ވަންދެން ޤައުމަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މެއި މަހުގެ އެއް ވަނަ ދުވަހު އަދަލާތު ޕާޓީ އިސްނަގައިގެން ބޭއްވި މުޒާހަރާއަށް ފަހު އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް އަންގާފައެވެ.
އަދާލަތު ޕާޓީގެ އެ ނިންމުމަށް ފަހު ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާ ކޮންމެ ފަހަރަކު ހެން މީގެ ކުރިން ޝަހީމް ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާކަން ފާހަގަކޮށްލެވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ