އިންޓާ ސްކޫލް ކެރަމް ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި ފައިނަލަށް ޓީމުތައް ހޮވިއްޖެ

މިހާރު ކުރިއަށްދާ 13 އިންޓާ ސްކޫލް ކެރަމް މުބާރާތުގައި އިއްޔެ ކުޅުނު ޓީމް އިވެންޓުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.
ތޭރަ އަހަރުން ދަށުގެ ބައިން ފިރިހެން ފައިނަލަށް ހޮވިފައި ވަނީ ގިޔާސުއްދީން ސުކޫލާއި ކަލާފާނު ސުކޫލެވެ. މިބައިން އަންހެން ފައިނަލަށް ހޮވިފައި ވަނީ ތާޖުއްދީން ސުކޫލާއި ގިޔާސުއްދީން ސުކޫލެވެ.
ސޯޅަ އަހަރުން ދަށުގެ ބައިން ފިރިހެން ފައިނަލަށް ހޮވިފައި ވަނީ މަޖީދިއްޔާ ސުކޫލާއި ދަރުމަވަންތަ ސުކޫލެވެ. މިބައިން އަންހެން ފައިނަލަށް ހޮވިފައި ވަނީ އަމީނިއްޔާ ސުކޫލާއި ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސުކޫލެވެ.
ނަވާރަ އަހަރުން ދަށުގެ ބައިން ފިރިހެން ފައިނަލަށް ހޮވިފައި ވަނީ އަލް މަދަރަސަތުލް އަމީރު އަހަމަދާއި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެ. މިބައިން އަންހެން ފައިނަލަށް ހޮވިފައި ވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލާއި އަމީނިއްޔާ ސުކޫލެވެ.
މުބާރާތުގައި މިއަދު ކުޅެވޭނީ ސިންގަލްސް ފައިނަލްތަކާއި ޓީމް އިވެންޓުގެ ފައިނަލް މެޗުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ