ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނަގަން ސްޓެލްކޯ އިން ނިންމައިފި

ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ސްޓެލްކޯ އިން ނިންމައިިފި އެވެ.
މިމަހުގެ 19 ވަަނަ ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރާނެ ކަމަށް ސްޓެލްކޯގެ ވެބްސައިޓްގައި މިއަދު ވަނީ ހާމަކޮށްފަ އެވެ.
ސްޓެލްކޯގެ މި ނިންމުމާ ގުޅިގެން ގެއެއްގެ ކަރަންޓް ބިލަށް 1،000 ރުފިޔާ އަރާނަމަ ސާޗާޖުގެ ގޮތުގައި ގާތްގަނޑަކަށް 33 ރުފިޔާ އިތުރަށް ނަގާނެ އެވެ.
ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ނިންމީ އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަަމަށެވެ. އެގޮތުން އެކުންފުންޏަށް މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 8.12 ރުފިޔާއަށް ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ސްޓެލްކޯ އިން ނިންމާފައި މިވަނީ އެކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާއަށް ވުރެ ބޮޑުވާނަަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި، ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވާތީ އެވެ.
ސްޓެލްކޯގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކުންފުންޏަށް މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.05 ރުފިޔާ އަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު ޑީސަލް ލީޓަރެއް 7.50 ރުފިޔާ އަށް ގަންނަން ލިބިފައިވާއިރު މިދިޔަ ޖޫން މަހު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.97 ރުފިޔާ އަށެވެ.
ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ސްޓެލްކޯ އިން ނިންމާފައި މިވަނީ މިއަހަރުގެ ޖެނުއަރީ މަހު ކަރަންޓް އަގުތަކަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ކަރަންޓް ބިލް ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަމުންދާ މައްސަލައަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށެވެ.
ރައްޔިތުންގެ ޝަކުވާތައް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކަރަންޓްގެ ޓެރިފް ރޭޓް ތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުލާންކުރައްވާފައިވެ އެވެ. އެކަމަކު މިހާތަނަށްވެސް ސަރުކާރުން ނިންމި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ