އެންޒީ މަސްދަޅެއް ގަނޭ: އެއްލައްކަ ރުފިޔާ ލިބިދާނެ!

މަސްދަޅެއް ގަނެގެން އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތެއް އަމިއްލަ މަސް ކުންފުނި އެންޒީން ހުޅުވާލައިފި އެވެ.
ޕްރޮމޯޝަނެއްގެ ތެރެއިން އެންޒީން މި ފުރުސަތު ހުޅުވާލީ "ވަރަށް ފައްކާ" ގެ ނަމުގަ އެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދާނެ އެވެ.
އެންޒީ އިން ބުނީ މި ޕްރޮމޯޝަނަކީ އެންސިސް ފިޝަރީޒުގައި ތައްޔާރުކޮށް، ބަންދުކުރާ މަސްދަޅުތަކުގެ އަޖުމަ ބެލުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލުމުގެ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އެންޒީގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭ އިރު އެއްލައްކަ ރުފިޔާގެ އިތުރުން އަގު ހުރި އެހެން އިނާމުތައް ވެސް ލިބޭނެ ކަމަށެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި އެންޒީ މަސްދަޅެއް ގަތުމަށްފަހު، ލޭބަލްގެ ދަށުގައިވާ ޔުނީކް ސީރިއަލް ނަންބަރު ދިރާގު އަދި އުރީދޫ ކަސްޓަމަރުން ވެސް "5040" އަށް އެސްއެމްއެސް ކުރުމުން "ވަރަށް ފައްކާ" ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ.
"ވަރަށް ފައްކާ" ޕްރޮމޯޝަން ފަށަން ރޭ ބޭއްވި ރަސްމިއްޔާތު
-- ފޮޓޯ: އެންޒީ
އެއްލައްކަ ރުފިޔާގެ ލަކީ ޑްރޯގެ ގުރުއަތު އޯގަސްޓް މަހުގެ ތެރޭގައި ނަގާނެ އެވެ. އަދި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމު ދޭނެ އެވެ. އެއްވަން އެއް ލައްކަ ރުފިޔާ ދޭއިރު ދެވަނަ އަށް 50،000 ރުފިޔާ އަދި ތިން ވަނަ އަށް 30،000 ރުފިޔާ ދޭނެ އެވެ.
މީގެ އިތުރުން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނަ ފަރާތަކަށް 10،000 ރުފިޔާ، ދެވަނަ ފަރާތަކަށް 5،000 ރުފިޔާ އަދި ތިން ވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާ ދޭން ވެސް ނިންމާފައި ވެއެވެ. އަދި ލޭބަލް ފަހަތުގައިވާ އައިކޮން ދެ މަސްދަޅުން އެއް ގޮތަކަށް ދިމާވެއްޖެ ނަމަ އެ ދެ ލޭބަލް ހިފައިގެން އެންޒީގެ ފިހާރައަކަށް ދިޔުމުން ދެ ދަޅު މަސް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ގުރުއަތު ނަގާ ދުވަސްތަކުގެ މައުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުގައި ޝާއިއު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ