ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެއީ އެމްޑީޕީ އަށް ކުރިމަތިވާނޭ އެންމެ ބޮޑު ޗެލެންޖު ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ހިސާބުން ފެށިގެން ސަރުކާރު ތެރޭގައި އެކި ކަހަލަ ރެނދުތައް އަޅަން ފަށާނެ ކަމަށެވެ.
"އިބޫގެ ކެމްޕޭންގައި ވެސް އިދިކޮޅުން އެންމެ ބޮޑަށް އިބޫއާ ދެކޮޅަށް ވިއްކި އެއްޗަކީ ނަޝީދުގެ ސިޔާސަތު. ނަޝީދުގެ ފެއިލްވި ސިޔާސަތު. ނަޝީދު ރާއްޖެ ވަޑައިގެން އަނެއްކާވެސް މި ހޮވުނު ސަރުކާރުގެ ކަންކަމުގެ ތެރެއަށް ދަނޑިބާނުއްވައި ހައްދަވާނެ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިބޫ މޮޅު ނަމަ އެހާލަތުން އަރައިގަނެވޭނެ ކަމަށާއި ފާއިތުވި އަހަރު ތަކުގެ ތެރޭގައި ޕާލިމެންޓް މެނޭޖްކުރައްވާފައި ވާ ގޮތަށް ބަލާ އިރު އެއީ އިބޫ އަށް ނުކުރެއްވޭނެ ކަމެއް ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ.
ރައީސް ނަޝީދަކީ އަލަށް އުފެދޭ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ