ރާއްޖެއަށް މިދުވަސް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ބަޔަކަށް އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެތް އޮފީހުން) ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ތ. އަތޮޅާއި ދެމެދު ހިމެނޭ ރަށްތަކަށާއި މުޅި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، ގަޑިއަކު 27 މޭލާ 37 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާއިރު، މިސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އިން މިރޭ 22:00 އާއި ހަމައަށެވެ.
މޫސުން ގޯސް! ބ. އަތޮޅުން ތ. އަތޮޅަށް، އަދި މުޅި އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ