ރައީސް ޔާމީނުގެ ވެރިކަން ނިމިގެންދާއިރު، އެމަނިކުފާނު ޤައުމަށް ދޫކުރައްވައިފައިވާ އެއްޗަކީ ދަރަނިވެރިވެފައި އޮތް ބްރިޖެއްތޯ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލުކުރައްވައިފި އެވެ.
މެމްބަރު ރިޔާޒް ސުވާލުކުރައްވާފައި ވަނީ ޖަލު ބަންދުން މިނިވަންވެ، ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ކްރިމިނަލް ކޯޓުގެ ބޭރުގައި ތިއްބެވި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރު ކޮށްފައި ނުވެއެވެ.
ކުރީގެ ކޮމިޝަަނަރ އޮފް ޕޮލިސް އަދި، ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންވެސް އޭނާ ދޫކޮށް ނުލައި ރިމާންޑް ޖަލަށް ވަނީ ބަދަލުކޮށްފައެވެ.
ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒުގެ ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލްކޯޓުން ނިންމާފައި ވަނިކޮށް އިސްތިއުނާފުމަރުހަލާގައި، ކުށްސާބިތުވާކަމަށް ނިންމީ ހައިކޯޓުންނެވެ. އަދި ހައިކޯޓުން ޢަބުދުﷲ ރިޔާޒު 4 މަހާއި 24 ދުވަހުގެ ޖަލަށް ލުމަށްވ ހުކުމްކޮށް ހުކުމް ތަންފީޒުކޮށް ނިމުމުންވެސް ބަންދުން ދޫކޮށްލާފައެއް ނުވެއެވެ.
އަބްދުﷲ ރިޔާޒް މިއަދު މިނިވަންކޮށްފައިމިވަނީ ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެެއްްވުމާގުޅިގެން މިއަދު އުފާފާޅުކުރަމުން ދަނިކޮށްށެވެ. އެހެންކަމުން ބީޗްސަރަހައްދުގައި އުފާޅުކުރަމުން ދިޔަ ކޯލިޝަންގެ އިސް ޅީޑަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ކްރިމިނަލްކޯޓް ސަރަހައްދަށް އެއްވެފައެވެ.
ހުކުމް ތަންފީޒުކޮށް ނިމުމުންވެސް އަަަބުދުﷲ ރިޔާޒު ދޫކޮށް ނުލާތީ ރިޔާޒުގެ ފަރާތުން އެމައްސަލަ ވަނީ ކޯޓަށްވެސް ހުށައަޅާފައި ވަނިކޮށް މިއަދު ރިޔާޒް ދޫކޮށްލާފައިވާއިރު ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރުދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް މިނިވަން ކުރުމާމެދު ގޮތެއް ނިއްމަވަން އެ ތިން ބޭފުޅުންވެސް ވަނީ ކުރިމިނަލް ކޯޓަށް ހާޟިރުކޮށްފައެވެ.
އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ކަމިޝްނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ސިނާންވެސް ވަނީ ކްރިރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ރައީސް ޔާމީންގެ ލެގަސީ އަކީ ދަރަނިވެރިވެފައި އޮތް ބްރިޖެއްތޯ؟: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ