ބ. ތުޅާދޫ ގެއަކުން ކަރަންޓު ކަނޑުލުމުން އެރަށު ކޯޓަށް ހުށަހެޅި މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން އެގެއަށް ކަރަންޓު ދިނުމަށް އެރަށު ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ތުޅާދޫ ފެހެނޑަމާގެއަށް ކަރަންޓު ދިނުމަށް އެރަށު ކޯޓުން އަންގާފައި ވަނީ ވަގުތީ އަމުރަކުން ކަމަށާއި އެއީ އެކޯޓަށް ހުށަހެޅިފައިވާ ދައުވާއަށް ވަގުތީ ހިމާޔަތެއް ލިބިދިނުމުގެ ގޮތުން ނެރެފައިވާ އަމުރެއް ކަމަށެވެ.
ޝަރުއީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއް އޮވެ، އެފަދަ އަމުރެއް ނުނެރެފިނަމަ ހުކުމް ކުރެވޭއިރު އެ ހުކުމްގެ މަގުސަދު ހާސިލްނުވެ ހިނގައިދާނެ ކަމަށް ގަބޫލު ކުރެވޭނަމަ، ވަގުތީ އަމުރެއް ނެރުމަކީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކޯޓަށް ލިބިފައިވާ ބާރެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ޝަރުއީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް، އެ އަމުރާ ގުޅޭ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު އަމުރަށް އެދުނު އިރު ހުރި ހާލަތު ނޫން އެހެން ހާލަތެއް މިހާރު މެދުވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ އެކަމާ މެދު އަލުން ވިސްނައި ގޮތެއް ނިންމުމަށް އެ މައްސަލަ ބަލާ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ތުޅާދޫ ގެއަކަށް ކަރަންޓު ދިނުމަށް އަމުރު ކުރީ ރަނގަޅަށް: ހައިކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ