މެމްބަރު ޝަހުދީ އަނެއްކާވެސް ވާދަ ކުރައްވާނީ ހަނިމާދޫއަށް

ޖޭޕީއަށް އަލުން ސޮއިކުރެއްވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ޖޭޕީގެ މެމްބަރެއްގެ ގޮތުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވުނު ޝަހުދީ ވިދާޅުވީ އެދާއިރާއަށް ކުރިމަތިލާން ނިންމައިފިން ކަމަށެވެ. 2019 vana aharu onna rayyithun ge Majilis inthikhaabu gai Hanimaadhoo Dhaira ah kurimathilaan ninmaifin.@VoiceOf12MPs pic.twitter.com/9yGTLEzA9z— Hussain Shahudhee (@HaNaHiFi) December 8, 2018
ޝަހުދީ ޖޭޕީއާއި އލުން ގުޅިވަޑައިގަތީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ޝަހުދީ ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގެންނެވީ ވެސް ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝަހުދީ ވަނީ ޖޭޕީ ދޫކުރައްވާ ވެރިކަން ކުރާ ޕީޕީއެމަށް ވަޑައިގެންފައެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރު ކުރުމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމާއި ގުޅިގެން ޝަހުދީ ޕީޕީއެމުން ވަކި ކުރި ކަމަށް ނިންމާ ޝަހުދީގެ ގޮނޑި ވެސް ގެއްލުނު ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ