ޤާސިމް އަނބިކަބަލުން ވަޒީރުކަމަށްލުން ސިފަކުރެވެނީ ޖޯކެއް ގޮތުގައި - އުމަރު ނަސީރު

ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރުކަމަށް ޖޭޕީގެ ސްލޮޓްގައި ލުން ސިފަ ކުރައްވަނީ ޖޯކެއްގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ "ވޮއިސް"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
"ޖުމްހޫރީ ޕާޓީގައި ވަރަށް ގިނަ އަދަދެއްގެ ޤާބިލް މީހުން ތިބޭނެ. ވަރަށް ގިނަ މީހުން އުންމީދު ކުރި ޖުމްހޫރީ ޕާޓީއަކީ އެމީހުންގެ ޕޮލިޓިކަލް ކެރިއަ އެލިވޭޓްކޮށްދޭނެތަންކަމަށް. ތައުލީމީ އެތައްބަޔަކު ވަދެ އެފާޓީގައި އެބަތިބި. އެކަމަކު ޓްރާސްޕޯޓް މިނިސްޓަރުކަން އަނބިކަބަލުންނަށް ދިނުމަކީ ހަމަ ވަރަށް ހަޑި މަންޒަރެއް" އުމަރު ވިދާޅުވިއެވެ.
"އައިސީ ދިސް އޭޒްއަ ޖޯކް" އުމަރު ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމްގެ ފަދަ ހައި ޕޮރޮފައިލް އެކްސްޕީރިއަސް ބޭފުޅެއްގެ ފަރާތުން މިފަދަކަމެއް އެއްގޮތަކަށްވެސް އުންމީދު ނުކުރައްވާކަމަށް އުމަރު ވިދާޅުވިއެވެ.
ޤާސިމްގެ ފަރާތުން އުންމީދުކުރެވިފައިވަނީ އަމިއްލަ އެދުންތަކުން ދުރުކޮށް ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލި ހިސާބުން މިކަން ކަން ގޮސްފައިވަނީ މުޅިން އެއާހިލާފަށްކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ޤާސިމްއަކީ މިހާރުވެސް ވަރަށް ގާތް ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ