ޔުމްނާ މައުމޫން އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބުކަމުން އިސްތިއުފާ ދެއްވައިފި

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަބަލުން ޔުމްނާ މައުމޫން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޔުމްނާއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބުގެ ގޮތުގައި ހުންނަވައިގެން ޔުމްނާ ބަލަހައްޓަވަމުން ގެންދެވީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ މަސައްކަތްތަކެވެ. ޔުމްނާ ހުންނެވީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ އިސްވެރިއެއްގެ ގޮތުގައެވެ. އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބްގެ މަޤާމަށް ޔުމްނާ ހަމަޖެއްސެވީ 2014 ވަނަ އަަހަރުގެ ޖޫން މަހުއެވެ.
ޔުމްނާ އިސްތިއުފާ ދެއްވި ސަބަބު އަދި ހާމަކުރައްވާފައެއް ނުވެއެވެ. ޔުމްނާ ވަނީ ޕީޕީއެމްގައިވެސް އިސް މަޤާމުތަކެއް ފުރުއްވައިފައެވެ.
ރައީސް މައުމޫނުގެ ބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫން ހުންނެވީ ޚާރިޖީ ވަޒީރުގެ މަޤާމުގައެވެ. ޣައްްސާން މައުމޫން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައެވެ. ފާރިޝް މައުމޫން ވަނީ އިކޮނޮމިކް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި ޕީޕީއެމްގެ ޓިކެޓެއްގައި ދިއްގަރު ދާއިރާގެ މެންބަރުކަމަށް ހޮވި ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ