އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯސްޓް ލައިން ހާޑްވެއަރ ހިންގާ ޢިމާރާތުގައި އަލިފާން ރޯވެ އެ ޢިމާރާތާއި އިންވެގެންހުރި ބައެއް ޢިމާރާތްތަކުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއިން ރައްޔިތުން ރައްކާތެރިކޮށް މާލެތެރެ ބެލެހެއްޓުމުގައި ފުލުހުންގެ ސަފުތައް އެކުގައި ނުކުމެ ރައްޔިތުންނާއެކު ޙަރަކާތްތެރިވެފައި ވެއެވެ.
ހަވީރު 16:30 ހާއިރު ފުލުހުންނަށް އަލިފާނުގެ ޙާދިސާގެ ރިޕޯޓް ލިބުމާއެކު އެވަގުތު ޑިއުޓީގައި ތިބި ގިނަ ޢަދަދެއްގެ ފުލުހުން އެސަރަޙައްދަށްގޮސް އެފިހާރައިގެ ވަށައިގެން ހުރި ޢިމާރާތްތަކުން މީހުން ހުސްކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ.
ރައްޔިތުންގެ އެއްބާރުލުމާއެކު ގޭގެއިން މީހުން ހުސްކުރަމުން ދިޔައީ ކެތްތެރިކަން އިސްކޮށް މީހުންނަށް ލިބޭނެ އަނިޔާތައް ކުޑަކުރެވޭނެ ގޮތްގޮތަށް އިސްކަން ދީގެންނެވެ. ހަމަ އެއާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރމަނުންގެ މަސައްކަތަށް މަގުފަހިވާގޮތަށް މުޅި ސަރަޙައްދު ބަންދުކޮށް މުޅި ސަރަޙައްދުގައި ރައްކާތެރިކަން ޤާއިމް ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އަލިފާން ނިއްވުމަށްޓަކައި ބޭނުންވާ ފެންހޮޅި އެޅުމާއި އެހެނިހެން މަސައްކަތުގައި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ޢަދަދެއްގެ ފުލުހުން ދިޔައީ ޙަރަކާތްތެރި ވަމުންނެވެއިއްޔެގެ އަލިފާނުގެ ޙާދިސާގައި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސް އެތައް މުދަލެއް އަނދައި އަޅިޔަށްވިނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ކުރެވިފައިވަނީ ވަށައިގެން ހުރި ޢިމާރާތްތަކުން ޢާއިލާތައް ރައްކާތެރި ސަރަޙައްދަށް ގެންދިއުމުގައި ފުލުހުންނާ ރައްޔިތުންނާއި ސިފައިން ގުޅިގެން އެޅި އަވަސް ފިޔަވަޅުތަކުންނެވެ. ޚާއްޞަ ގޮތެއްގައި ގިނަ ޢަދަދެއްގެ ފުލުހުން އެކުގައި ނުކުމެ ކުރި ބުރަ މަސައްކަތުންނެވެ.
އިއްޔެ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށް، ގޭބިސީތައް މަގުމަތިވުމުން ޑިޒާސްޓަރ މެނޭޖްމަންޓާއި ގުޅިގެން ޑިޒާސްޓަރ މެޖޭންމަންޓުން އަންގާ ސަރަޙައްދަށް ގޭބިސީތަކުގެ މީހުން ގެންގޮސް އާއިލާތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ އެކި ތަންތަނަށް ފޮނުވުމުގައި ފުލުހުންގެ އިތުރުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންވެސް ވަނީ ޙަރަކާތްތެރި ވެފައެވެ
..
އިއްޔެގެ އަލިފާނުގެ ޙާދިސާއިން ރައްޔިތުން ރައްކާތެރިކޮށް މާލެތެރެ ބެލެހެއްޓުމުގައި ގިނަ ޢަދަދެއްގެ ފުލުހުން ނުކުމެ ޙަރަކާތްތެރި ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ