މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:30އާއި ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މިއަދު ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވުމުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ