ކޮވިޑް-19: ފިޔަވަޅުތައް ހަރުކަށި ކުރުމަށް މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ މަންޒަރާއި މިބަލީގައި މީހުން މަރުވާލެއް ގިނަަވމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މައުމޫން ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ކުރިން އެޅިފަދަ ހަރުދަނާ، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމްލް މީހުންގެ އަދަދަަށް ބަލާއިރު، 2468 މީހުންނަށެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2049 އަށް އަރާފައެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 12 މީހަކު ވަނީ މަރުވެފައެވެ.
މި ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ. 7 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ