އާސިއާން ގައުމުތަކުގެ ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ އަންހެނުންނާގުޅޭ ގޮތުން ޔޫއެން ވިމެން އާއި ޔޫއެންއޯޑީސީ އަދި އިންޓަރޕޯލް ގުޅިގެން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓު ލޯންޗުކުރުމާ އަދި އެ ރިޕޯޓުގެ އަލީގައި ފާހަގަ ކުރެވިފައިވާ މުހިއްމު މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ވެބިނަރގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ އަންހެން މުވައްޒަފުންތަކެއް މިއަދު ބައިވެރިއްޖެއެވެ.
މިއަދު ހެނދުނު 08:00ން 09:15 އަށް، ބެންކޮކްގެ އެފްސީސީޓީ ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ މި ވެބިނަރގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަންޑް އަންހެން އޮފިސަރުންނާއި ސިވިލް އޮފިސަރުންވެސް ބައިވެރިވެފައިވެއެވެ.
އާސިއާން ގައުމުތަކުގެ ތެރޭ ހިމެނޭ 184 ގައުމެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ރިސަރޗް ރިޕޯޓުގައި ލޯ އެންފޯސްމަންޓް ދާއިރާއިން އަންހެނުން ކުރިއަށް ދިއުމަށް ދިމާވާ ހުރަސްތައް ދެނެގަތުމުގެ ގޮތުން ދިރާސާގައި ބައިވެރިވި ގައުމުތަކުގައި މިހާރު އަމަލުކުރެވޭ ބައެއް އުސޫލުތަކަށް ބަލާލާފައިވެއެވެ. އެގޮތުން މިދާއިރާއަށް އަންހެނުން ރެކްރޫޓްކުރުމުގައާއި އަދި ވަޒީފާގެ ތެރެއިން މަސްއޫލިއްޔަތުތައް ހަވާލުކުރެވޭ ގޮތާއި ތައުލީމާއި ތަމްރީނުތަކަށް ފުރުސަތުތައް އޮންނަ މިންވަރާއި ޕްރޮމޯޝަން ދިނުމުގައި އޮންނަ އުސޫލުތައް ދިރާސާކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އާސިއާން ގައުމުތަކުގެ ލޯ އެންފޯސްމަންޓް ދާއިރާގައި އަންހެނުންގެ ނިސްބަތް އަދިވެސް ހުރީ %6 އާއި %20 އިންސައްތައިގައި ކަމުން މިދާއިރާގައި އަންހެނުންނަށް ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް ގޮވާލާފައިވެއެވެ. އަދި އަންހެނުން ކުރިއަށް ދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ރެކަމެންޑޭޝަންތަކެއްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ދިމާވާ ދަތިތަކާއި ފުރައްސާރަތައް ބެލޭނެ ވަކި އިންތިޒާމު ތަކެއް ހަމަޖެއްސުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދިނުމާއި އިންސާފުވެރިކަމާއެކު ހުރިހާ ދާއިރާއަކުންވެސް މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ.
މި ވެބިނަރގައި ބައިވެރިވި ދިވެހި އަންހެން އޮފިސަރުން ފާހަގަކުރި ގޮތުގައި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މިވެބިނަރއިން ލިބިގެންދިޔައެވެ. “މިދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އެހެން ގައުމުތަކުގައިވެސް ހުރީ އެއްކަހަލަ ގޮންޖެހުންތަކެއްކަން އެނގިގެންދިޔަ” ވެބިނަރގައި ބައިވެރިވި އެހެން އަންހެން ފުލުހަކު ފާހަގަކުރި ގޮތުގައި “މީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖީކް ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާ “.ވިމެން އެމްޕަވަރމަންޓް ޕްރޮޖެކްޓަށްވެސް ވަރަށް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ވެބިނަރ އެއް”
މިވެބިނަރ ޗެއަރ ކޮށްދެއްވީ ޔޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވް، ޖެރެމީ ޑޯގްލަސް އަދި ޔޫއެން ވިމެން ރީޖަނަލް ޑިރެކްޓަރ މުހައްމަދު ނަކިރިއާއި، އިންޓަރޕޯލްގެ އެކްޓިންގ ޑިރެކްޓަރ، ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރޭނިންގ ޑައިރެކްޓަރޭޓް، ޖޯޖް ފައިންސްޓިން ޑެ ގަސްޓްރެލް އެވެ.
ލޯ އެންފޯސްމަންޓް ދާއިރާގެ އަންހެނުންނާއި ގުޅޭ ރިސަރޗް ރިޕޯރޓް އިފްތިހާހްކުރުމުގެ ވެބިނަރގައި އެމްޕީއެސްގެ އަންހެން މުވައްޒަފުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ