ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ، ޕޮޒިޓިވް ވިތާ މިހާރު ހަތް ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި ޕޮޒިޓިވް ކަން އެނގިވަޑައިގެންނެވީ ރިސޯޓަކަށް އައި ރަހުމަތްތެރިޔަކާ ބައްދަލު ކޮށްލައްވަން ވަޑައިގަތުމަށް ނެންގެވި ސާމްޕަލަކުން ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، ސާމްޕަލް ނެންގެވި އިރު ވެސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އަދި މިހާރު ވެސް އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އަދި އޭނާ މިވަގުތު ހުންނެވީ ގޭގައި އަމިއްލައަށް ކަރަންޓީނު ވެވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސް ތެރޭގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލިން ފަސޭހަވެ، މިހާރު ގެންދަވަނީ ޖަލްސާތަކަށް ހާޒިރުވެވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ