އުރީދޫ އިން ”އާޗާ ޑެއިލީ 2ޖީބީ“ތައާރަފު ކޮށްފި

އުރީދޫ އާޗާ ޕްރިޕެއިޑްގެ އާ ޕްލޭން އެއްގެ ގޮތުގައި “އާޗާ ޑެއިލީ 2ޖީބީ” މިއަދު ތައާރަފު ކޮށްފި އެވެ.
މި ޕްލޭނާއެކު އެއްމަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާއާއެކު އަންލިމިޓެޑް ކޯލްސް އެންމެ 750ރ. އަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
މި ޕްލޭން އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެެރިކޮށް ނުވަތަ “ޔޫޑީ 750″ ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެން ނުވަތަ 929#1 އަށް ޑަޔަލް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެއެވެ.
އާ ކަސްޓަމަރުންނަށް އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކުރެވޭނީ އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ނަގައިގެންނެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ‘އާޗާ ޕްރިޕެއިޑް’ ޕްލޭން އާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސް އަކާއެކު ކަމަށެވެ.
އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނަ ގޮތަށް ޕްރޮޑަކްޓްތައް ފަރުމާކޮށް، އިތުރު ފުރިހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ