މެމްބަރު ޝިޔާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ޝިޔާން "ސަން" އަށް ވިދާޅުވީ އޭނާ ޕޮޒިޓިވްވީ ގޭތެރެއިން ޑައިރެކްޓް ކޮންޓެކްޓެއް ވެގެން ކަމަށެވެ. ޕޮޒިޓިވްވިކަން އެނގުނީ ބަލިވެގެން ފުލޫ ކްލިނިކަކަށް ދައްކައި ޓެސްޓް ހެދުމުން ކަމަށް ޝިޔާން ވިދާޅުވި އެވެ. ކޮވިޑަށް ޕޮޒިޓިވްވުމާއެކު ޝިޔާން ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ. "އޭގެ ފަހުން އަޅުގަނޑާ ބައްދަލުވި މީހުން ވަނީ ޓެސްޓް ހަދައި ނެގެޓިވްވެފައި،" ޝިޔާން ވިދާޅުވި އެވެ. މިހާތަނަށް މަޖިލީހުގެ ތިން މެމްބަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަރަންޓީނުވެފަ އެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އަލީ އާޒިމް މިހާރު ވަނީ ބަލިން ފަސޭހަވެގެން މަޖިލީހަށް ނުކުމެފަ އެވެ. މިއިން އެއްވެސް ކޭސްއަކާ ގުޅިގެން މަޖިލީހުގެ މެމްބަރަކު ކަރަންޓީނުވި ކަމެއް އެނގިފައެއް ނުވެ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިއްޔެވެސް 166 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ހާސްކޮށް އަތޮޅު ތެރޭގެ ރަށްރަށުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ