މީޑިޔާ ކައުންސިލުން ހުސްވެފައިވާ މަގާމަށް އިގްނަޒު އިންތިހާބު ކޮށްފި

މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުސްވެފައިވާ މަގާމަށް މެންބަރަކު އިންތިހާބު ކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގައި އެ ގޮނޑިއަށް މީޑިޔާތައް ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ދެ މީހަކު ވާދަކުރިއެވެ.
އެއީ ފެށުން އޮންލައިންގެ ފަރާތުން މުހައްމަދު އިގްނާޒް އަލީއާއި އެޓޯލް ނިއުސްގެ ފަރާތުން އިބްރާހީމް ރަމީޒްއެވެ.
މީގެތެރެއިން ނ. ފޮއްދޫ ހަޒާރުމާގޭ މުހައްމަދު އިގްނާޒް އަލީ 36 ވޯޓް ހޯދިއެވެ. އިބްރާހީމް ރަމީޒަށް ލިބުނީ 01 ވޯޓެވެ. އިންތިހާބުގައި ވޯޓް ދިނީ 37 މީޑިޔާއަކުންނެވެ. ނަމަވެސް ވޯޓުލާން 66 މީޑިއާ އަކުން ރަޖިސްޓްރީ ކުރިއެވެ.
މުހައްމަދު އިގްނާޒް އަލީއަކީ، ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުގައި ޕްރެޒެންޓް ކޮށް، އަދި މިހާރުވެސް ޕްރެޒެންޓް ކުރަމުން ދާ ހަރަކާތްތެރި ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ