H1N1 ހުމާ ގުޅިގެން އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތާއި އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް ވެސް ފަސްކޮށްފި

މިދުވަސް ކޮޅު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ H1N1 ހުމުގެ ރޯގާގެ ސަބަބުން މާދަމާ ފެށުމަށް ނިންމާފައިވާ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތާއި އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް ވެސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތް ފަސްކުރަން ނިންމީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ހުމުގެ ރޯމާގެ ސަބަބުން، އެއްތަނަކަށް ގިނަ ކުދިންތަކެއް ޖަމާވުމަކީ ރަނގަޅު ކަމެއްނޫންކަމަށް ހެލްތް މިނިސްޓްރީން އެދިލައްވާފައިވާތީވެ އެއެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއްގައި ދާދި ދެންމެ ކަމަށެވެ. އަދި
މުބާރާތް ދެން ބާއްވާނެ ތާރީހެއް ފަހުން އިޢުލާން ކުރާނެ ކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ވެސް ބުނީ، އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް ވެސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރީ ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން، ނުރައްކާތެރި ދަރަޖައަކަށް ގޮސްފައި ވާތީވެ ކަމަށެވެ. އަދި އިންޓަރ ސްކޫލް މުބާރާތުގެ އިތުރުން، އެއެސޯސިއޭޝަނުން ހިންގާ ރާވާ ހުރިހާ ހަރަކާތްތަކެއް ވެސް، މިވަގުތަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް އޭންޑްބޯލް އެސޯސިއޭޝަނުން ބުންޏެވެ.
ބެންމިންޓަން އާއި ހޭންޑްބޯލް އެސޯސިއޭޝަންގެ ހަރަކާތްތައް ވެސް ހުމާގުޅިގެން މުއްދަތެއް ނެތް ގޮތައް ފަސްކުރިިއިރު، އެފްއޭއެމްއިން ވެސް ރާވާހިންގާ މުބާރާތްތަކާއި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގާ ވައިޑީޕީ ޕްރޮގްރާމްތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތައް ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ