މޫސުން ގޯސްވެ ދިއްލީ އެއާޕޯޓަށްޖައްސާ ފްލައިޓްތައް ޑައިވާޓް ކުރަނީ

އިންޑިއާގެ ވެރިކަން ކުރާ ސިޓީ ކަމަށްވާ ދިއްލީގެ މޫސުން ގޯސްވެ އެ ސިޓީގެ އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް އެހެން އެއާޕޯޓުތަކަށް ޑައިވާޓު ކުރަން ފަށައިފިއެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މިއަދު ފެށިގެން އައީ މި ފަހުގެ ދުވަހެއްގައި ދިމާވި އެންމެ ފިނި ދުވަހުން ކަމަށާއި އެގޮތުން މިއަދު ހެނދުނު 6:20ގައި ފިނިކަން 2.4 ޑިގްރީ ސެލްސިއަސް އަށް ތިރިވެފައިވާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މިފަދަ މިންވަރަކަށް ފިނިމިން ތިރިވުމަކީ މީހާގެ ހަށިގަނޑުގެ ކަށިތަކަށް އަސަރު ކުރާނެ ވަރުގެ ފިންޔެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
އިންޑިއާގެ މޫސުން މިފަދަ ހާލަތެއްގައި އޮތުމުން މިހާރު ވަނީ އެގައުމުގެ ދަތުރު ފަތުރުގެ އެކި ނިޒާމްތައް ކެންސަލް ކޮށްފައެވެ. އެގޮތުން ރޭލު ދަތުރާއި ޓެކްސީގެ އިތުރުން ފްލައިޓްތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.
ދިއްލީ އެއާޕޯޓުގެ އިސްފަރާތްތަކުން އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބޯދުންފިނި ހިފުމުގެ ސަބަބުން ބައެއް ފްލަައިޓްތައް ކައިރި އެއާޕޯޓްތަކަށް ޑައިވާޓު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ފްލައިޓެއް އޮޕަރޭތް ކުރައްވާ ތަންތަނަށް ގުޅުއްވުމަށްވެސް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޑިއާއަށް ގިނަ ގައުމުތަކުގެ ފްލައިޓްތައް ޖައްސަމުން އަންނަ އިރު، މޫސުން ގޯސް ވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ޑިލޭވެސް ކޮށްފައި ވެއެވެ. އެގޮތުން ސްޕައިސް ޖެޓް، ވިސަޓަރަ، އިިންޑިގޯގެ އިތުރުންވެސް ގިން ފްލައިޓުތައް ހިމެނެއެވެ.
މިމަހުގެ 20 ވަނަ ދުވަހުވެސް މުޅިއަކު 750 ފްލައިޓް ޑިލޭވެ، 19 ފްލައިޓް ކެންސަލްކޮށް، 5 ފްލައިޓްވަނީ، މޫސުން ގޯސް ވުމުގެ ސަބަބުން ޑައިވާޓް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ