ޕިއްޒާ ބޯނާ ހަވީރު ބަދިގެ: މަސްދަޅު ރިހަ އަދި ގެރިކިރު ބޯކިބާ

މަސްދަޅު ރިހަ މަސްދަޅު ރިހަ ބޭނުންވާތަކެތި 1 ދަޅު ތެޔޮމަސް 1 ފިޔާ (ކުޑަ، މެދުން ފަޅާފައި، އަރިމަތިން ކޮށާފައި) 2 ލޮނުމެދު (ފަޅާފައި، ދިގަށް ކޮށާފައި) 1 ޓޮމާޓޯ (ކުޑަ، މެދުން ފަޅާފައި، ބޯކޮށް އަރިމަތިން ކޮށާފައި) 1 ޖޯޑު ފެން 1 ޖޯޑު ކާށިކިރު ނުވަތަ ½ ޖޯޑު ޑަޗްލޭޑީ ކިރު ½ މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި، ރީނދޫ ދަޅު) ރޯމިރުސް، ހިކަނދިފަތް، ރާނބާފަތް، ލޮނު ހަދާނެގޮތް މަސްދަޅުގެ ތެޔޮފޮދު އަޅައިގެން ފިޔާ (ލޮނުމެދާ އެކު) މީރު ކޮށްފައި، ފިޔާކޮޅު މޯޅި ވީމައި ހަވާދުކޮޅު އަޅާފައި ފެން އެޅުން. ރަނގަޅަށް ހަވާދުކޮޅު ކެކެންފެށީމައި މަސްއެޅުން. ކިރާއި މިރުހާއި، ޓޮމާޓޯ އަޅާފައި، ކެކިގަތީމައި ލޮނު ހެޔޮވަރު ކޮށްފައި، ހިކަނދިފަތާއި ރާނބާފަތް އެޅުމަށް ފަހު، މަތި ޖަހާފައި އުނދުން ނިއްވާލުން. ގެރިކިރު ބޯކިބާ ގެރިކިރު ބޯކިބާ ބޭނުންވާތަކެތި 1 ދަޅު ގެރިކިރު (ޑަބަލް ޕީޗް) 3 ކުކުޅު ބިސް 1 މޭޒުމަތީސަމުސާ މާޖިރީން 1 ސައިސަމުސާ ޕޭކިންޕައުޑަރު ½ ޖޯޑު ގޮދަންފުށް ½ ސައިސަމުސާ އެސެންސް (ވެނީލާ) ހަދާނެ ގޮތް ފުށާއި ބޭކިންޕައުޑަރު އެއްކޮށްފައި ފުރޭނުން. ބިސް، މާޖިރީން، ގެރިކިރު އެއްކޮށްފައި ރަނގަޅަށް ގިރުން. އޭގެ ތެރެއަށް ފުށް އެޅުން. ރަނގަޅަށް ގިރުނީމައި އެސެންސް އަޅާފައި ގިރާލުން. ތަބަކެއްގައި މާޖިރީން ހޭކުމަށް ފަހު، ފުށްކޮޅު އަޅާލާފައި ކޭކު ފިހާ ގޮތަށް ފިހެލުން. އަވަންގެ ހޫނުމިން ބަހައްޓާނީ 200c ގައި. 45 މިނެޓު ތެރޭގައި ފިހެވޭނެ. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ