ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ބަރަބޯ ރިހަ އަދި ކުކުޅު ރޮށި

ބަރަބޯ ރިހަ ބޭނުންވާ ތަކެތި 1 ކިލޯ ބަރަބޯ (ތުނިކޮށް މަސް ކޮށާފައި) 100 ގުރާމު ވަޅޯ މަސް 2 ފިޔާ (އާދައިގެ، ކޮށާފައި) 4 ލޮނުމެދު (ބޮޑު، ގާނާފައި) 1 ޓޮމާޓޯ (އާދައިގެ، ކޮށާފައި) 3 މޭޒުމަތީ ސަމުސާ ހަވާދު (ފުއްލާޖެހި ރީނދޫ ދަޅު) ބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި) ބައި ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި) ބައި ސައިސަމުސާ ދިރި (މުގުރާފައި) ބައި އިންޗި އިނގުރު (ގާނާފައި) 2 ޗިކަން ކިޔުބު (ގިރާފައި) 1 ޖޯޑު ކިރު (ލެކްނޯ، ޑަޗުލޭޑީ ނުވަތަ ކާށިކިރު) ރާނބާފަތް، ހިކަނދިފަތް، ތެޔޮ، ލޮނު ހަދާނެ ގޮޮތް ރާނބާފަތް ލައިގެން ފިޔާ މީރުކޮށްފައި، ލޮނުމެދާއި އިނގުރު އަޅާފައި، ފިޔާކޮޅު ވަޅޯވުމުން، އެއިން ދެބައިކުޅަ އެއްބައި ނަގާފައި އޭގެ ތެރެއަށް ދިރި އާއި އަސޭމިރުހާއި ކިރު އަޅާފައި ވަކިން ބެހެއްޓުން. އަނެއްބައި ތެރެއަށް ބަރަބޯކޮޅު އަޅާލުން. ތިން ޖޯޑު ފެން އެޅުމަށް ފަހު، ލޮނުކޮޅަކާއި ވަޅޯމަސް އަޅައިގެން ބަރަބޯތައް މަޑުވަންދެން ކެއްކުން. މަޑުވީމާ ހަވާދު އަޅާފައި، އެއް ޖޯޑު ފެން އަޅައިގެން 10 މިނެޓު ވަންދެން ކެއްކުން. ވަކިން ބެހެއްޓި ކިރުޖޯޑު ރިހަ އެތި ތެރެއަށް އަޅާލުން. ހިކަނދިފަތާއި ޗިކަން ކިޔުބާއި ޓޮމާޓޯކޮޅު އަޅާލުން. ފަސް މިނެޓު ވަންދެން ކައްކާލުމަށް ފަހު ލޮނު ހެޔޮވަރުކުރުން. ކުޅި ގަދަކުރަން ބޭނުން ނަމަ ގިތެޔޮ މިރުސް ނުވަތަ ރޯމިރުސް އެޅިދާނެ. ކުކުޅުރޮށި ކުކުޅު ރޮށި ފުށްގަނޑު ހަދަން ބޭނުން ވާ އެއްޗެހި 2 ޖޯޑު ފުށް 2 މޭޒުމަތީ ސަމުސާ ތެޔޮ ބައި ޖޯޑު އަލުވި (ކައްކާފައި، ޗިސްކޮށްފައި) ލޮނު ފުށްގަނޑު ހަދާ ގޮތް ފުށާއި އަލުއްވާއި ލޮނާއި ތެޔޮ އަޅައިގެން (އާދައިގެ ރޮށި ފިހަން ފުށްގަނޑު މޮޑޭ ގޮތަށް) ފުށްގަނޑު މޮޑުން. ދެން ރޮށި ދަމާފައި، (ކުޑަކޮށް) ފިހެލާފައި ބެހެއްޓުން. ފުށްގަނޑު މޮޑޭއިރު ފެން ޖަހަން ވާނީ މަދުން. ނޫނީ ފުށްގަނޑު ދިޔާވާނެ. މަސްގަނޑު ހަދަން ބޭނުން ވާ އެއްޗެހި 500 ގުރާމު ކުކުޅު (ބޯންލެސް، ކުދިކޮށް ކޮށާފައި) 1 ފިޔާ (ބޮޑު، ގާނާފައި) ބައި ސައިސަމުސާ އިނގުރު (ގާނާފައި) ބައި ސައިސަމުސާ ލޮނުމެދު (ގާނާފައި) 1 ޓޮމާޓޯ (ބޮޑު، ކުދިކޮށް ކޮށާފައި) ބައި ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް މުގުރާފައި) ތެޔޮ، ލޮނު މަސްގަނޑު ހަދާ ގޮތް ތެލުގައި ފިޔާ މީރުކުރުން. ފިޔާކޮޅަށް މުށިކުލަ އެރީމާ އޭގެ ތެރެއަށް ލޮނުމެދާއި އިނގުރާއި ޓޮމާޓޯ އާއި މަސް އެއްކޮށްފައި، ލޮނު ލައިގެން ރޯފިލުވުން. ރަނގަޅަށް ރޯފިލީމާ އަސޭމިރުސް އެޅުން. ރޮށީގައި ހާކާ ބިސް ހަދަން ބޭނުންވާ އެއްޗެހި 3 ބިސް ބައި ސައިސަމުސާ އަސޭމިރުސް (ހިމުންކޮށް މުގުރާފައި) 1 (ބޮޑު) ލުނބޯގެ ހުތް 1 ސައިސަމުސާ ހިކިމިރުސް (ހިމުންކޮށް މުގުރާފައި) ލޮނު ރޮށީގައި ހާކާ ބިސް ހަދާ ގޮތް ބިސް ގިރާފައި އޭގެ ތެރެއަށް އަސޭމިރުހާއި ލޮނު އަޅާފައި ބެހެއްޓުން. ލުނބޯ ހުތުގެ ތެރެއަށް ހިކިމިރުސް އަޅައިގެން ގިރާފައި އެ ވެސް ވަކިން ބެހެއްޓުން. ކުކުޅު ރޮށި ހަދާ ގޮތް ތަވާގައި ތެޔޮ ހާކާފައި، ކުރިން ފިހުނު ރޮށި އަލުން ތަވާ މަތީގައި ބާއްވާފައި، ރޮށީގައި، (ގިރާފައި ހުރި) ބިހުގެ މޭޒުމަތީ ސަމުސަލެއް ހައި މިންވަރު ހާކާލުން. ރޮށި ފުށުން ޖެހުމަށް ފަހު، އެ ފުށް ވެސް ފިހެލުން. ރީއްޗަށް ބިސްކޮޅު ފިހެވުމުން، ނަގާފައި (ކުރިން ހެދި) މިރުސްލުނބޯހުތުގެ ސައިސަމުސަލެއްހާ މިންވަރު، ރޮށީގެ ބިސް ހުރި ފުށުގައި ހާކާލުމަށް ފަހު ރޮށި ނެގުން. ރޮށި މައްޗަށް (ބިސް ހުރި ފުށަށް) ކުކުޅުމަސްކޮޅެއް އެޅުމަށް ފަހު، އޮޅާލުން. އޮޅާނީ އެއްކޮޅު ބެދޭ ގޮތަށް. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ