އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން، އަނެއްކާވެސް ކުޅޭނީ ލިއޮނަލް މެސީކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކޮލާނީ ކަށަވަރުކޮށް ދީފި އެވެ.
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ކެޕްޓަން މެސީ އޭރު ނިންމައިގެން ހުރީ ގަތަރުގައި ކުޅުނު އެ މުބާރާތަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. ދާދި ފަހަކާ ޖެހެން ދެން ވެސް އޭނ ހުރި ކުރިއަށް އޮތް ވޯލްޑް ކަޕާ މެދު ގޮތެއް ނުނިންމަ އެވެ.
އިންޓަ މަޔާމީގެ ފޯވާޑަށް އެ ޓީމުގެ މެޗެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތުގައި ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދުނެވެ. ނަމަވެސް ކޯޗު ސްކަލޯނީ ވަނީ އެއީ ސީރިއަސް އަނިޔާއެއް ނޫންކަން ކަށަވަރުކޮށް ދީފަ އެވެ.
މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަށް ފަހަރު ހާސިލުކޮށްފައިވާ މެސީ ވޯލްޑް ކަޕްގައި ވާދަކުރާނެ ހަވަނަ ފަހަރެވެ.
މެސީއަށް އަނިޔާގެ ބިރު ކުރިމަތިވީ ވޯލްޑް ކަޕަށް އެމެރިކާގެ ލީގު މެދުކަނޑާލުމުގެ ކުރިން ފިލަޑެލްފިއާއާ ދެކޮޅަށް މަޔާމީ 6-4 އިން މޮޅުވި މެޗުގެ 73 ވަނަ މިނެޓުގައި ކުއްލިއަކަށް ބަދަލުކުރަން ޖެހުމުންނެވެ. މަޔާމީގެ މެޑިކަލް ޓެސްޓުތަކުން ދެއްކި ގޮތުގައި އޭނާގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ތަދެއް އެރި އެވެ.
އޭނާ އަލުން ދަނޑަށް ނުކުންނާނެ ސީދާ ތާރީހެއް މަޔާމީން ނުބުނެ އެވެ. އެކަމަކު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ މެސީ އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ ނަމަވެސް އެ ރިހުމަކީ ކުޑަކަމެއްގެ ގޮތުގަ އެވެ.
ވޯލްޑް ކަޕަށް ނެގި އާޖެންޓީނާ ސްކޮޑު އިއުލާންކުރިއިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 18 އަހަރުގެ އުންމީދީ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯ ސްކޮޑުން އުނިކުރުމުންނެވެ.
މިހާރު ނަގާފައިވާ ސްކޮޑުގައި، މީގެ ހަތަރު އަހަރު ކުރިން ފްރާންސް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު 17 ކުޅުންތެރިއަކު ހިމެނެ އެވެ.
މުބާރާތް ދިފާއުކުރަން ނުކުންނަ އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 16 ވަނަ ދުވަހު ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. އާޖެންޓީނާގެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރިއާ އާއި އުރުދުންނެވެ.
އަނިޔާގެ ބިރު ފިލައިފި، ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަނަކަށް އަނެއްކާވެސް މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ