މެމްބަރު މުބީން އާއި އަބްދުﷲ ޕީޕީއެމަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި ތިނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ. ދެ މެމްބަރުން ސޮއިކުރައްވަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި، ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ ކުރިން އޮތް އދ. ފެންފުށީ ކައުންސިލްގެ ހަތަރު މެމްބަރަކު ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ. ކުރީގެ ޖޭޕީގެ ދެ މެމްބަރު، އަހްމަދު މުބީން އާއި އަބްދުﷲ އަހްމަދު ޕީޕީއެމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ހަވީރު ފޮޓޯ: ނިޝާން އަލީ އެ ރަސްމިއްޔާތުގައި މެމްބަރު މުބީން ވިދާޅުވީ ޖުމްހޫރީ ޕާޓީ ދޫކޮށްލެއްވީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ސަރުކާރާ ގުޅިގެން މަސައްކަތް ފަށަން ކަަމަށެވެ. ތަރައްގީއާ ހަމައަށް ވާސިލްވާނީ ސަރުކާރަށް އެއްބާރުލުންދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. "މިއީ ރައްޔިތުން މިއަދު އެދޭގޮތަކީ. ރައްޔިތުންނެއް ނޭދޭ މަގުމަތީގައި ތަފާތު އެކި ނަންނަމުގައި މުޒާހަރާކޮށް ގައުމު ހަލަބޮލިކުރަން،" އޭނާ ވިދާޅުވި އެވެ. މުބީން ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީން މަގުމައްޗަށް ނުކުމެ ކުރަމުން ދަނީ ގާނޫނާ ހިލާފު ކަންކަމެވެ. އެގޮތަށް ގާނޫނާ ހިލާފު ކަންކަން ހިންގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަކީ ރައްޔިތުންގެ 70 ޕަސެންޓް ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ޖޭޕީގެ ދެ މެމްބަރު، އަހްމަދު މުބީން އާއި އަބްދުﷲ އަހްމަދު ޕީޕީއެމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ހަވީރު ފޮޓޯ: ނިޝާން އަލީ އެމްޑީޕީގެ ހަމައެކަނި މަގްސަދަކީ، އޭނާ ވިދާޅުވި ގޮތުގައި، ވެރިކަން ހޯދުމެވެ. ޑިމޮކްރަސީގެ ނަމުގައި އެ ޕާޓީން ގައުމަށް ފައިދާ ހުރި ކަމެއް ނުކުރާ ކަަމަށް ވެސް ވިދާޅުވި އެވެ. "ރައްޔިތުން ބޭނުން ވަނީ އަމާން މާހައުލެއް މި ގައުމުގައި ގާއިމްކުރަން. މިއަދު ރައްޔިތުން ބޭނުން ވަނީ ދާއިރާތައް ތަރައްގީވެގެން އަންނާނެ ގޮތްތަކެއް ހޯދަން،" މުބީން ވިދާޅުވި އެވެ. ކުރީގެ ޖޭޕީގެ ދެ މެމްބަރު، އަހްމަދު މުބީން އާއި އަބްދުﷲ އަހްމަދު ޕީޕީއެމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ހަވީރު ފޮޓޯ: ނިޝާން އަލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ނުފޫޒު ފޯރުވައި އޭނާ "މަޅީގައި ޖައްސަން" އެމްޑީޕީން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަަމަށް ވެސް މުބީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ