ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ހާލު ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއް ފޮނުއްވައިގެން ބައްލަވާ ލައްވައިފިއެވެ.
މާފުށީ ޖަލަށް ވަޑައިގެން ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން މި ތިންބޭފުޅުންގެ ހާލު ބައްލަވާ ލެއްވީ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒެވެ."Raeesul Jumhooriyyaa ge khaassa mandhoob" egge haisiyyathun alhugandu Raees Maumoon, Usthaz Abdulla Saeed, Usthaz Ali Hameed aa bahdhalu koh e 3 beyfulhunge haalukolhu balaifin. 3 beyfulhunge sihhee haalukolhaa, hunnavaa thanaa behey mauloomaath fadha kankan olhun filuvin.— Dr.Mohamed Muizzu (@MMuizzu) February 14, 2018ޑރ މުއިއްޒު ވިދާޅުވީ ތިން ބޭފުޅުންނަށް ޒިޔާރަތް ކުރައްވާ ސިއްހީ ހާލުކޮޅާއި ތިއްބަވާ ތަނުގެ މައުލޫމާތު އޮޅުން ފިލުއްވާފައިވާނޭ ކަމުގައެވެ
ރައީސް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފަނޑިޔާރުންނަށް ރިޝްވަތުދީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އަދި ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށް ކޮށްފައި ވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށްވަނީ ރިޝްވަތު ހިއްޕެވުމާއި ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ.
ރައީސް މައުމޫނު، އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދުގެ ހާލު ރައީސް ބައްލަވާ ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ