ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ޝިޔާދު ގާސިމް ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހައްޔަރު ކޮށްފައި އޮތަސް ދަރިކަލުންނާމެދު ފުލުހުން އިންސާފުވެރި ކަމާއެކު ކަންތައް ކޮށްދިނުމަށް ބައްޕާފުޅު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ބޭސްފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން ހުންނެވި ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ”މިދުވަސްވެސް ހިނގައިދާނެ” ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ލޯބިވާ ދަރިކަލުންނާމެދު ފުލުހުން އިންސާފުން ކަންތައް ކޮށްދެއްވާނެ ކަމުގައި ޔަގީން ކުރައްވާ ކަމަށެވެ.
”ލޯބިވާ ދަރިފުޅު އިބްރާހިމް ޝިޔާދު ގާސިމް ފުލުހުންގެ ބެއްލެވުމުގެ ދަށުގައި ދޫނިދޫ ކުޑަގޮޅީގައި އޮތްކަމުގައި ވިޔަސް، ފުލުހުން އަޅުގަނޑުގެ ދަރިފުޅާމެދު އަދުލްވެރިކަމާއި އިންސާފުވެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަން ޔަގީން ކުރަން” ފުލުހުންނަށް ޓެގްކުރައްވައި ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ވިލާ ކުންފުނީގެ ޗެއާމަން ގާސިމްގެ ދަރިކަލުން ޝިޔާދު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައެވެ.
ލޯބިވާ ދަރިފުޅާމެދު އިންސާފުން ކަންތައްކޮށްދީ، މިދުވަސްވެސް ހިނގައިދާނެ- ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ