ރާއްޖޭގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ކުރިމަތި ލެއްވުމުން ގާސިމަކީ އެކަމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށާއި އެމަނިކުފާނަކީ ވެރިކަމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ މީހުން އެމަނިކުފާނާއި ދުނިޔަވީ އެއްވެސް ކަމެއްގައި ވާދަކުރައްވަން ނިކުމެއްޖެނަމަ އެމީހުންނަށް ކާމިޔާބު ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
މިރޭ މ.މުލަކު ގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވުމުން ވެރިކަމަށް ކަމަކު ނުދެއޭ ބުނާ މީހުން ބުނަނީ އެމަނިކުފާނު އިންތިހާބް ވެއްޖެ ނަމަ ރާއްޖެއިން ތަފާތް ފެންނާނެ ވަރު އެމީހުން ހިތަށް އަރާތީ ކަމަށެވެ.
''އަޅުގަނޑު ﷲ ގަންދީ ދަންނަވާފާނަން، އަޅުގަނޑާ ވާދަކުރަން ޗެލެންޖްކުރަން ދުނިޔަވީ އެއްވެސް މަސައްކަތެއްގައި އައިސްބަ، އަޅުގަނޑާ ވާދައެއް ނުކުރެވޭނެ އެމީހުންނަކަށް. މިކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިނގޭނެ މާޒީވެ ދިޔަ ދުވަސަތަކުން'' ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވަން ނިކުންނެވީ ރައްޔިތުންގެ އިހްސާސްތައް ވަރަށް ގިނަ ދުވަސް ވަންދެން ވަރަށް ބޮޑަށް ބެއްލެވުމަށް ފަހު ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ފާޑު ކިޔަމުން ދަނީ ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ގެނެސް ދެއްވާނެކަން އެފަރާތްތަކަށް ކަށަވަރުވާތީ ކަމަށެވެ.
''އަޅުގަނޑު އަބަދުވެސް ބަލަނީ ކަން ކުރެވޭތޯ. މިއަދުވެސް އަޅުގަނޑު މިބަލަނީ ރައްޔިތުންނަށްޓަކައި މިހިދުމަތްތައް ގެނެސްދެވޭތޯ. މަސްލަހަތާ އަމާންކަމާ އެކީގައި އަޅުގަނޑު މިބަލަނީ އެކަން ކުރެވޭތޯ. ދެން އަޅުގަނޑު އެވެނި މިވެނިހެން ވެރިކަމަށް ކަމުނުދޭ، އޭނަ އެވެނި ކަމަކަށް ރަނގަޅޭ މިވެނި ކަމަކަށް ރަނގަޅޭ، ހުރިހާ ކަމަކަށް ވެސް ރަނގަޅޭ ވެރިކަމަށް ކަމަކުނުދެއޭ ބުނާ މީހުން އެބުނަނީ އަޅުގަނޑު މިކަމާއި އުޅެގެން މާތް ﷲ ގެ އިރާދަފުޅުން އަތުވެއްޖެއްޔާ އެމީހުންނަށް މިގައުމުން އެތަފާތު ފެންނާނެ ބޮޑުކަން އެމީހުން ހިތަށް އަރާތީކަން އަޅުގަނޑަށް ކަށަވަރު. އެހެން އެއްވެސް ސަބަބެއް ނެތް'' ގަސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް އެދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ނިޒާމެއް ހަމަޖައްސައި ދެއްވާން ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
މިޖަލްސާގައި މ.ނާލާފުށީ ކައުންސިލް މެންބަރަކު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވި އެވެ.
ﷲ ގަންދީ މިދަންނަވަނީ ދުނިޔަވީ އެއްވެސް މަސައްކަތެއްގައި އަޅުގަނޑާ ވާދަނުކުރެވޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ