އޭދަފުށީގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު ދޭނެ ބަޔަކު ހޯދަނީ

އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ނުވަތަ ސޯލާޕެނަލް ޖަހައިގެން އޭދަފުށީގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
މި ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިވް ރިނިއުބަލަން އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.  މި ޕްރޮޖެކްޓުގެ ދަށުން އޭދަފުއްޓާއެކު އިތުރު ހަ ރަށުގައިވެސް މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައި ވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އެދިގެން ފިނޭންސް މިިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ، އެ ރަށްތަކުގައި 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަގައިގެން ކަރަންޓު އުފައްދައި ފޯރުކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށާއި މި މަސައްކަތް އެ ރަށްތަކުގައި ގެންދަނީ “ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާ” ގެ އުސޫލުން ކަމަށެވެ. އެހެންކަމުން ނިޒާމު ޑިޒައިިން ކުރުމަށާއި ގާއިމު ކުރުމަށް ހަވާލު ކުރާ ފަރާތަކުން ކަރަންޓުގެ ހިދުމަތް ދީ، ހިންގަން ވެސް ޖެހޭނެ އެވެ.
މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރީކޮލިފިނޭޝަން އެޕްލިކޭޝަން ހުށަހެޅުމަަށް ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ މާޗުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ.
އެ ގޮތުން ރަޖިސްޓްރީ ކުރުމަށްޓަކައި 1،500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ފައިސާ ނުވަތަ ޗެކު ބަލައިގަންނާނީ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.
ޕްރީކޮލިފިކޭޝަން އެޕްލިކޭޝަނަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލައިނުގަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ